މި މަހުގެ 17ގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުން މަނާވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި ރާއްޖޭގައި ވިއްކުމަށް "ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު" އަދި އެ ގާނޫނުގެ ދަށުން އާއްމުކޮށްފައިވާ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ގަވައިދު" ގައި ބަޔާންކުރާ ލައިސަންސް ދުންފަތުގެ ވިޔަފާރި ކުރާ ނަމަ ނަގަން ޖެހޭ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ހުޅުވާލި ކަމަށެވެ.

އެއިރު ލައިސަންސް ނަގަން ތިން މަސް ދުވަހުގެ މުއްދަތެއް ދިން ކަމަށާއި އެ މުއްދަތު ހަމަވާނީ މި މަހުގެ 17 ވަނަ ދުވަހަށެވެ.

އެޗްޕީއޭއިން ބުނީ އެ ތާރީހަށް ފަހު، އެ މުއްދަތުގެ ފަހުން ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަގާކަމެއް ކަމަށެވެ.