ސިންގަޕޫރުގައި ސްކޭމްތައް ހުއްޓުވަން ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފިއެވެ.
މިއީ ސިންގަޕޫރުގައި ސްކޭމްކުރުން އިތުރުވުމާ ގުޅިގެން ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފުލުހުންނަށް ދިން ބާރުތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސިންގަޕޫރުގެ ގާނޫނު ހަދާ މަޖިލީހުން މިއަހަރުގެ ކުރީކޮޅު ފާސްކުރި އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެއިން ފަށައިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާ ގާނޫނުގެ ދަށުން ފުލުހުންނަށް ދިން ބާރުތަކުގެ ތެރޭގައި ސްކޭމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބޭންކު އެކައުންޓުތައް ބްލޮކް ކުރުމުގެ އިތުރުން އެހެން މީހުންނަށްވެސް އެ އެކައުންޓަށް ޖަމާ ނުކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.
ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް މިނިސްޓްރީއާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުގައި، ފުލުހުންނަށް ދިން ބާރުގެ ދަށުން ސްކޭމްގައި ޖެހޭ ފަރާތްތަކުގެ އެކައުންޓް ވެސް ބޭނުންވެއްޖެ ހާލަތުގައި ބްލޮކު ކުރެވިދާނެއެވެ. ނަމަވެސް އެކައުންޓުގެ ވެރިފަރާތުން ޒަރޫރީ ހާލަތްތަކުގައި ބޭނުން ކުރާނެ ފައިސާ ބޭނުން ނަމަ ފުލުހުންގެ ބެލުމުގެ ދަށުން އެކަން ހަމަޖެއްސޭނެ އެވެ.
މި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުންވެސް ފާޅުކުރައްވައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު