ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރުގެ ރައީސްގެ އަނބިކަނބަލުން ޖޭން އިއްޓޯގީ ޝަންމުގަރަތުނަމް އާ ބައްދަލުކުރައްވައިފިއެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ، ސިންގަޕޫރުގެ ރައީސް ދެއްވި ސައިފޮދެއް އިންސާފުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ދެ ފަސްޓު ލޭޑީންގެ ބައްދަލުވުމުގައި ވަނީ އެ ދެ ބޭފުޅުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތުތަކާއި ތަޖުރިބާތައް ހިއްސާކުރައްވައިފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ އިއްޔެއެވެ.

އެ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއެކު ވަނީ ބައެއް މުހިންމު އެއްބަސްވުންތަކުގައި ސޮއިކުރައްވައިފައެވެ.