އިސްރާއީލުން އިރާނުގެ ޖަލަށް ދިން ހަމަލާގައި 71 މީހުން މަރުވި ކަމަށް ރިޕޯޓުތަކުން ބުނެފިއެެވެ.
އިރާނާއި އިސްރާއީލު ކުރި ހަނގުރާމައިގައި ދެގައުމުން ވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް ބޮޑެތި ގެއްލުން ދީފައިވާއިރު، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުންވެސް އެއްބަސް ވެފައެވެ.
އިރާނުން ވަނީ އިސްރާއީލުން ދިން ހަމަލާތަކުގެ ތެރެއިން އެ ގައުމުގެ ވެރިރަށް ތެހެރާންގައި ހުންނަ އެވިން ޕްރިޒަން އަށް ދިން ހަމަލާގައި 71 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.
އިރާނުގެ ޖުޑިޝަރީގެ ހަބަރުތައް ގެނެސްދޭ ރަސްމީ ނޫސް މީޒާން ނޫހުން އިއްޔެ އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވަނީ އިސްރާއީލުން ދިން ހަމަލާފައި އެތަނުގެ މުވައްޒަފުންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ މީހުންގެ އިތުރުން ގައިދީންނާއި ގައިދީންނަށް ޒިޔާރަތްކުރުމަށް އެވަގުތު އެތަނުގައި ތިބި މީހުންގެ ތެރެއިންވެސް ބަޔަކު މަރުވެފައިވާ ކަމަށް ބުނެފައެވެ.
އިރާނުގެ އެވިން ޕްރިޒަންގައި ގައިދީންގެ ތެރޭގައި ބޭރު ގައުމުތަކުގެ މީހުންވެސް ހިމެނެއެވެ. ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ އެ ގައުމަށް ނިސްބަތްވާ ދެ މީހަކު އިރާނުން ހައްޔަރުކޮށް އެޖަލުގައި ތިބި ކަމަށާއި އެމީހުންނަށް ވީގޮތް އަދި ސާފު ނުވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު