މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވާތަކަށް ގެއްލުންދިން މައްސަލައެއްގައި ސަސްޕެންޑް ކުރި އެ ތަނުގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް، މަގާމުން ވަކިކޮށްފިއެވެ.
މިދިޔަ މެއި މަހުގެ 22 އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށް ފަޒީލް ހުރީ ސަސްޕެންޑްކޮށްފައެވެ.
އޭނާ ސަސްޕެންޑް ކުރުމުގެ އެއް ދުވަސް ކުރިން ބްރޮޑްކޮމްގެ ސާވާއަށް މައްސަލައެއް ދިމާވުމުން އެކަން އެ ކޮމިޝަނުން އެނަލައިޒް ކުރުމަށް ފަހު ފުލުހުންގެ ތަހުގީގަކަށް ބްރޯޑްކޮމުން އެދުނެވެ.
ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީގް "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުންގެ ހޯދުންތައް މިދިޔަ ހޯމަ ދުވަހު ސިޓީއެއް މެދުވެރިކޮށް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.
"ފުލުހުން 23 ޖޫން 2025 ވަނަ ދުވަހު އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައ އެބަވޭ އެ ބޭފުޅުންގެ ތަހުގީގަށް އެ މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެ މައްސަލައިގައި ހިމެނޭ އަމަލަކީ ގަސްދުގައި، ގެއްލުމެއް ދިނުމަށް ކޮށްފައިވާ އަމަލެއް ކަމަށް،" ސޮފާ ވިދާޅުވިއެވެ.
ސޮފާ ވިދާޅުވީ އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ "ށ" ގެ އެއް ވަނަ ނަންބަރާ ހަވާލާދީ، ނޯޓިސް ދިނުމަކާ ނުލައި ފަޒީލް އިއްޔެގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ "ށ" ގެ އެއް ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މުވައްޒަފެއްގެ އަމަލެއްގެ ސަބަބުން ވަޒީފާ އަދާކުރާތަނަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ލިބިފައިވާ ނަމަ ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ވަޒީފާ ދޭ ފަރާތަށް އޮންނާނެ ކަމަށެވެ.
އަލީ ޔާމިން
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ