ސާޅީސް އެއް އަހަރަށް ފަހު އިންޑިއާގެ އެސްޓްރަނައުޓެއް ޖައްވަށް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ޕްރައިވެޓް ކުންފުންޏަކުން ކުރިޔަށް ގެންދިޔަ މިޝަން އެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ''އައެސްއެސް'' އަށް ދަތުރުކުރި އޭއެކްސް-4 ޖައްވީ އުޅަނދުގައި ހަތަރު އެސްޓްރަނައުޓުން ވަނީ ދަތުރުކޮށްފައެވެ.
އެދަތުރުގައި އިންޑިއާގެ ޝުބަންޝޫ ޝުކުލާ ހިމެނިފައިވާ އިރު، އޭނާ ވެފައިވަނީ ޖައްވަށް ދަތުރުކުރި އިންޑިއާގެ ދެވަނަ މީހާއަށެވެ. 1984 ވަނަ އަހަރު ރަޝިޔާއިން ޖައްވަށް ކުރި ދަތުރެއްގައި އިންޑިއާގެ ރާކޭޝް ޝަރްމާ ބައިވެރިވެފައިވާ އިރު، އޭގެ 41 އަހަރު ފަހުން ޝުބަންޝޫ ޖައްވަށް ދަތުރުކުރުން އިންޑިއާއިން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
ޝުބަންޝޫގެ އިތުރުން އެދަތުރުގައި އައިއެސްއެސް އަށް ދަތުރުކޮށްފައިވަނީ ޕޮލެންޑުގެ މީހަކާއި ހަންގޭރީ އަދި އެމެރިކާގެ ރައްޔިތެކެވެ.
ނާސާގެ ކެނެޑީ ސްޕޭސް ސްޓޭޝަނުން އިއްޔެ އޭއެކްސް-4 އުޅަނދުު ނައްޓާލާފައިވަނީ އިންޑިއާ ގަޑިން 12:01 ގައި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ރިޕޯޓުތަކުން ބުނާގޮތުން އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ އިން ޝުބަންޝޫ އެމިޝަން ގައި ހިމެނުމަށް ކުރިޔަށް ދިޔަ ޓްރޭނިންތަކާއި ދަތުރަށް ގާތްގަނޑަކަށް 59 އެމެރިކާ ޑޮލަރު ހޭދަ ކޮށްފައިވެއެވެ.
މުހައްމަދު އައުޒަމް
ވިޔަފާރި
ރިޕޯޓް
ވިޔަފާރި
އިރާން