ސްކޫލެއްގައި ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އެ ހާދިސާ ހިނގާފައި ވަނީ އަތޮޅުތެރޭގެ ސްކޫލެއްގައި ފިރިހެން ދަރިވަރުންތަކެއްގެ މެދުގަ އެވެ. އެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ ކުއްޖާގެ ގައިގެ އެކި ތަންތަނުގައ ވަކި އެޅުމުގެ ސަބަބުން ލޭ އައިސްފައި ހުރި ކަމަށެވެ.
އެ މަންޒަރުތައް ފެންނަ ފޮޓޯއެއްްވެސް ކުއްޖާގެ ބައްޕަ ވަނީ ހިއްސާކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ދަރިވަރުންތަކެއް އެހެން ދަރިވަރަކަށް ބުލީކުރި މައްސަލައެއް އެ މިނިސްޓްރީ އާއި ފެމިލީ މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
ފެމިލީ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު އެކަމަށް އެޓެންޑްވެފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި އެ ކުއްޖާއަށް އަނިޔާކޮށް ބުލީކޮށްފައިވަނީ އެ ކްލާހުގައި ހުރި އެހެން ދަރިވަރެކެވެ. އަދި އެކަން ސްކޫލަށްވެސް އެނގޭނެ ކަމަށް ބުނެފައިވެއެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
މިފަދަމައްސަލަތައްހިގަމުންދާއިރު ޓީޗަރުންންށްއެނގި އެކަންހުއްޓެވެންވާނެއެވެ މިފަދަކަންކަންމިހިސާބަށްދާންޖެހެނީ ޝައްކެއްނެތްގޮތުގައި ޓީޗަރުންގެއިހުމާލިންކަން ޔަޢީންކުރައްވާށެވެ ޓީޗަރުންމިފަދަކަންކަމަށްއިތުރަށްސަމޅުވެލައްވާށެވެ
އިއްބެ - 12 މަސް ކުރިން