އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން، "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3" ގެ 20 ވަނަ ރާޅުގެ ތެރެއިން، ފުރަތަމަ ފަހަރަށް "ހައިބަރު ޝެކާން" ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާ ދީފިއެވެ.

އައިއާރުޖީސީން ބުނީ، "ހައިބަރު ޝެކާން" އޭގެ އަމާޒަށް ވާސިލުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

އީރާނުން އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި މި ވަނީ، އީރާން-އިޒްރޭލް ހަމަލާގެ ތެރެއަށް އެމެރިކާއިން ވަދެ، އީރާނުގެ ފޯޑޯ، ނަތާންޒް، އަދި އިސްފަހާންގައި ހުންނަ ނިއުކްލިއާ ތިން މަރުކަޒަކަށް ހަމަލާދިން ފަހުންނެވެ.

އީރާނުން ބުނެފައިވާ ގޮތުގައި "ހައިބަރު ޝެކާން" މިސައިލަކީ އީރާނުގެ ހުރްރަމްޝަހަރު މި ސައިލް އާއިލާގެ ހަތަރު ވަނަ ޖީލުގައި ހިމެނޭ މި ސައިލެކެވެ. ޖުމުލަ 1،450 ކިލޯމީޓަރުގެ ރޭންޖެއް އޮންނަ މި މިސައިލަކީ ސޮލިޑް ފިއުލް ބޭނުންކޮށްގެން ގަޑިއަކު 19،800 ކިލޯމީޓަރަށް ވުރެ ބާރު މިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.

ބަރުދަނުގައި ގާތްގަނޑަކަށް 1،500 ކިލޯގްރާމް ހުންނަ މި ވޯހެޑްގެ ދިގުމިނުގައި ގާތްގަނޑަކަށް ހަތަރު މީޓަރު ހުރެ އެވެ.