އިރާނުން ދިން ހަމަލާތަކުގައި އިސްރާއީލުގެ 24 މީހަކު މަރުވެއްޖެއެވެ.
އިސްރާއީލުން އިސްވެ އޮވެ އިރާނަށް ހަމަލާދޭން ފެށުމާއެކު އިރާނާއި އިސްރާއީލުގެ ހަނގުރާމަ ފެށި މެދުއިރުމަތި ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.
ހަނގުރާމައަށް 10 ދުވަސް ވެފައިވާއިރު އިސްރާއީލުން މިހާތަނަށް 24 މީހަކު މަރުވެފައިވާކަމަށް އެ ގައުމުގެ އިމަޖެންސީ މެޑިކަލް ސާވިސް އިން ބުނެފައިވެއެވެ.
އިސްރާއީލުގެ އިމަޖެންސީ މެޑިކަލް ސާވިސްއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އިރާނުން ދިން ހަމަލާ ތަކުގައި އިސްރާއީލުގެ 1،213 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. އޭގެ ތެރެއިން 16 މީހެއްގެ ހާލު ދެރަ ކަމަށް ވެސް ރިޕޯޓުކޮށްފައެެވެ.
އިރާނުން އިސްރާއީލަށް ދީފައިވާ ހަމަލާތަކުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އިސްރާއީލުން މަރުވާ މީހުންގެ ނިސްބަތް ހާމަކުރުމުގައި އޮޅުވާލަމުން އަންނަ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.
އިސްރާއީލުން އިރާނަށް ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް އިރާނުން 400 މީހުން މަރުވެފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފައިވެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު