އެމެރިކާއިން އިރާނަށް ހަމަލާ ނުދިނުމަށް އެދި ރަޝިޔާއިން އިންޒާރުދީފިއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ އެމެރިކާއަށް އިންޒާރުގެ މެސެޖެއް ފޮނުވައިފައިވަނީ ނޫސްވެރީންނަށް މައުލޫމާތު ދެމުންނެވެ. އެމެރިކާއިން މިދަނޑިވަޅުގައި ހަނގުރާމައިގެ ތެެރެއަށް ނުވަނުމަށާއި އިރާނާ ދެކޮޅަށް މިލިޓަރީ އެއްވެސް ހަރަކާތެއް ނުހިންގުމަށް މާރިއާ ވަނީ ގޮވާލައިފައެވެ.
ރަޝިޔާ އަކީ އިރާނާ ގާތް ގުޅުމެއް ބާއްވާ އިރާނަށް މިލިޓަރީ ގިނަ އެހީތަކެއް ވެސް ވާ ގައުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ މަހެއްހައި ދުވަސް ކުރީން އިރާނާއި ރަޝިޔާއިން ވެސް ވަނީ ދެގައުމު ދެމެދު މިލިޓަރީ ސަޕޯޓު ދިނުމާ ބެހޭ އެއްބަސް ވުމަކަށް ގޮސްފައެވެ.
އިރާނާއި އިސްރާއީލު ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އިރާނާ ދެކޮޅަށް ހަމަލާ ދޭން ފަށާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ އިއްޔެ ދެއްވައިފައެވެ.
އިސްރާއީލުން އިސްވެ މިދިޔަ ހަފުތާގައި ފެށި ހަނގުރާމައިގައިގެ ސަބަބުން ދެ ގައުމަށްވެސް ބޮޑެތި ގެއްލުންތަކެއް ވެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ.
މުހައްމަދު އައުޒަމް
ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ