އިރާނުން އިސްރާއީލަށް ދޭ ހަމަލާތަކުގައި ކްލަސްޓާ ބޮން ބޭނުންކުރަން ފަށައިފިއެވެ.
އިސްރާއީލުގެ މިލިޓަރީއާ ހަވާލާދީ އެ ގައުމުގެ ދަ ޓައިމްސް އޮފް އިސްރާއީލް އިން ވަނީ އިރާނުން ދޭ ހަމަލާތަކުގައި ބޭނުން ކުރާ މިސައިލުތަށް ތަފާތުވާން ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
ދަ ޓައިމްސް އޮފް އިސްރާއީލް އިން ރިޕޯޓުކޮށްފައިވާ ގޮތުން އިރާނުން އެންމެ ފަހުން ފޮނުވާލައިފައިވާ މިސައިލުތަކުގެ ތެރޭގައި ކްލަސްޓަރ ބޮން އެކުލެވޭ މިސައިލުތައް ހިމެނެއެވެ.
ރިޕޯޓުގައި ވާގޮތުން އެ މިސައިލު ވެއްޓުމާއެކު ފުނޑުފުނޑުވެ ކުދި އިތުރު ބައިތަކެއް މުޅި ސަރަހައްދަށް ފެތުރިގެންދާނެއެވެ. އަދި އެ ބޮންތައް ގޮވާއިރު ލިބޭ ގެއްލުން ބޮޑުވާނެއެވެ.
ދަ ޓައިމްސް އޮފް އިސްރާއީލްގެ ނޫސްވެރިން ވަނީ އިރާނުން ބެލިސްޓިކް މިސައިލުގެ އާ ބާވަތްތައް ވެސް ބޭނުންކުރަމުންދާ ކަމަށާއި އެއް މިސައިލުން ގިނަ މިސައިލު ފޮނުވައިލެވޭ ފަދަ ޓެކްނޮލޮޖީވެސް ބޭނުންކުރަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ.
އިސްރާއީލުގެ މިލިޓަރީން ވަނީ އިރާނުން ފޮނުވާ މިސައިލުގެ ބައިތައް ވެއްޓިފައި ވީނަމަވެސް އެއާ ނުކުޅުމަށާއި އެއީ އިންސާނުންނަށް ނުރައްކާ ވާނެ އެއްޗެއް ކަމަށާއި އޭގެން އެއްޗެއް ގޮވައިފާނެ ކަމަށްވެސް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު