އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަ ގޮވައި ގެއްލުންތަކެއްވެއްޖެއެވެ.
އިންޑޮނޭޝިއާގެ އިރުމަތީ ނައުސާ ޓެންގަރާ ޕްރޮވިންސުގައި ހުންނަ މައުންޓް ލެވޮޓޮބީ ލަކި ލަކި އަންގާރަ ދުވަހު ގޮވާފައިވާއިރު އެ ފަރުބަދައިން އަޅިއާއި ދުން 11 ކިލޯމީޓަރު އުހަށް އަރައިގެން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަރުބަދަ ގޮވުމުގެ ސަބަބުން އެ ސަރަހައްދުގެ އެލާޓް ލެވެލެ އެންމެ މަތި ކޮށްފައިވާއިރު ފަރުބަދަ ހިމެނޭ ސަރަހައްދަށް މީހުން ނުދިއުމަށް އޮފިޝަލުން ވަނީ އަންގައިފައެވެ.
އިންޑޮނޭޝިއާގެ ނޫސްތަކުން ވަނީ އިއްޔެ ހެނދުނު ފަރުބަދަ އަލުން ގޮވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކައިރި ސަރަހައްދުތަކުގެ އެއާޕޯޓުތައް ބަންދުކުރަން ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.
ނައުސާ ޓެންގަރާ ޕްރޮވިންސް ހިމެނޭ ސަރަހައްދުގެ 26 ފްލައިޓު ކެންސަލް ކޮށްފައިވާއިރު ގިނަ އަދަދެއްގެ ފްލައިޓު ޑިލޭވެ ޑައިވާޓް ވެސް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިހާތަނަށް ފްލައިޓުތަކަށް ދިމާވި މައްސަލަތަކުގެ ސަބަބުން 14،000 އަށްވުރެން ގިނަ ފަސެންޖަރުންނަށް އެކަމުގެ ސީދާ އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެސަރަހައްދުގެ ދެ ވިލޭޖެއް ހުސްކޮށް ރައްކާތެރި ސަރަހައްދުތަކަށް މީހުން ބަދަލުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ އެސަރަހައްދުގެ މޫސުމަށް ބަދަލު އައިސް ވިއްސާރަ ވެއްޖެ ނަމަ އެކަމުގެ ސަބަބުން އިންސާނުންނަށް ނުރައްކާވެ އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭނެކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި