މާލެއިން ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މާލެއިން 18 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިއަދު މެންދުރު 1:00 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ހޯދަމުންދަނީ ރޭ ގެއިން ނުކުތް ގޮތަށް ހަބަރެއް ވެފައި ނުވާތީ އާއިލާއިން ރިޕޯޓްކޮށްފައިވާތީ ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ ޒުވާނެކެވެ.

އަންހެން ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އޭނާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރު ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މައްޗަންގޮޅި ސަހަރާ ކައިރިން ދިލްބަހާރު މަގުން ކަމަށެވެ.

އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދު ޓޮޕް ކޮޅަކާއި ކަޅު ޖީންސެއް އަދި އަޅައިގެން ހުރީ ކަޅު ޝޯލެއް ކަމަށެވެ. އަދި އޭނާ އަރައިގެން ހުރީ ހުދުކުލައިގެ ފައިވާނަކަށް ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.