މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޒަމްއަތު އަހްމަދު ވަހީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އާމިނަތު އަމީނާގެ ދައުރު މިމަހު 14 އަށް ހަމަވެފައިވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން އިސްކަން ދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައީސް އިސްކަން ދެއްވާ ތަރުތީބުން މަޖިލީހަށް ފޮނުއްވި ނަންތައް:
- ޒަމްއަތު އަހްމަދު ވަހީދު، މަލަ / ގދ ތިނަދޫ
- އިބްރާހީމް އަޝްރަފް، ވ.މަށިވެލި
- މޫސާ ރިލްވާން. މ.ހާވިލާ
- ޒީނާ ޒާހިރު، އަތިރީގެ / ގދ ގައްދޫ
- އަލީ ޔޫސުފް، ބާރަނާ / ޅ ހިންނަވަރު
- ޝިމްލާ އަހްމަދު، އާސްޓްރަލްގެ / ސ ހިތަދޫ
އެ ބޭފުޅުންގެ ނަންތައް ދިރާސާކޮށް ކޮމިޓީން އެކުލަވައިލައި މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެ ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރުމަށްފަހު، މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފައިވާ މިންގަނޑުގައިވާ ގޮތުގެމަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން، އެވްރެޖް 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް އެންމެ މަތިން މާކްސް ލިބިފައިވާ ބޭފުޅުންނަކީ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ގާބިލު ބޭފުޅުން ކަަމަށް ކޮމިޓީން ކަނޑައަޅާ ކަމަށެވެ.
75 ޕަސެންޓް މަތިން މާކްސް ހޯއްދެވި ބޭފުޅުން:
- ޒަމްއަތު އަހްމަދު ވަހީދު، %89.29
- ޒީނާ ޒާހިރު، %84.57
- ޝިމްލާ އަހްމަދު، %76.8
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ލިސްޓު ތަރުތީބުން، ބްރޯޑްކޮމްއަށް މެންބަރަކު އައްޔަންކުރަން ވޯޓަށް އެންމެ ފުރަތަމަ އެހީ ޒަމްއަތަށެވެ. ޒަމްއަތަށް ރުހުން ދިނުމަށް ފެންނަ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދޭއިރު ވަކިކޮޅަކަށް ވޯޓު ނުދޭ މެންބަރަކު ނެތެވެ.
އެހެންކަމުން ލިސްޓުގައި ދެން ތިބި ދެ ފަރާތްތަކަށް ވޯޓަށް އަހާން ނުޖެހޭތީ މަޖިލިސްވަނީ ނިންމާލައިފަ އެވެ.
އާއިޝަތު މާހާ
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން