ރަން ފާހަނާ ތަށްޓެއް ވަގަށް ނެގި ދެ މީހަކު ޖަލަށްލައިފިއެވެ.
އިނގިރޭސިވިލާތުގެ ބްލެންހަމް ޕެލެސްގައި ކުރިޔަށް ދިޔަ މައުރަޒެއްގައި ހުރި ރަން ފާހަނާތަށި ވަގަށް ނެގި ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
އެމައްސަލައިގައި އުމުރުން 40 އަހަރުގެ ޖޭމްސް ޝީން އާއި 39 އަހަރުގެ މައިކަލް ޖޯންސްގެ މައްޗަށް ހިންގި ތަހުގީގަށްފަހު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ނިންމައިފައެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑު ކްރޯން ކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ ތެރެއިން އެކަކު ހަތަރު އަހަރަށް އަދި ދެވަނަ މީހާ ދެ އަހަރާއި ތިން މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
4.8 މިލިއަން ޕައުންޑުގެ އަގު ގުހި އެ ފާހާނާ ތަށި ވަގަށް ނެގުމުގައި އެތަށްޓަށް ބޮޑެތި ގެއްލުން ވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
ވައްކަމުގެ އިސްކޮށް ހުރި ޝީން އަށް ވަނީީ ވައްކަމުގެ އިތުރުން ރަން ވިއްކުމުގެ ކުށް ސާބިތުވެފައެވެ. ފުލުހުން ވަނީ އޭނާ ވިއްކާފައިވާ ރަނުން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ