އޮސްޓްރިއާގެ ހައި ސްކޫލެއްގައި ބަޑިން ހަމަލާދީ އެގާރަ މީހުން މަރާލައިފިއެވެ.
އޮސްޓްރިއާގެ ގްރަޒް ސިޓީގައި އިއްޔެ ދިން އެހަމަލާގައި އެގާރަ މީހުން މަރާލާފައިވާ އިރު، 12 ކުއްޖަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ. އަނިޔާވީ މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ދެރަކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.
އޮސްޓްރިއާގެ ފުލުހުން ބުނީ މަރުވި މީހުންގެ ތެރޭގައި 14 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ހިމެނޭ ކަމަށެވެ.
އެހެމަލާ ދިން ކަމަށް ބެލެވޭ 21 އަހަރުގެ ފިރިހެން މީހާ ވަނީ ހަމަލާ ދިނުމަށްފަހު ސްކޫލުގެ ފާހަނާ ތެރެއަށް ވަދެ އަމިއްލައަށް ގަޔަށް ބަޑިޖަހައި މަރުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ހަމަލާ ދިން މީހާ އަތުން ފިސްތޯލަކާއި ޝޮޓް ގަންއެއް ފެނިފައިވާ އިރު، އޭނާއަކީ އެ ސްކޫލުގައި މީގެ ކުރިން ކިޔެވި ދަރިވަރެކެވެ. ނަމަވެސް ގްރެޖުއޭޓުވެފައި ނުވާ ދަރިވަރެއް ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އޮސްޓްރިއާގެ ފުލުހުން ބުނީ އެމީހާ އެ އަމަލު ހިންގި ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށާއި އެއަމަލު ހިންގުމުގައި އޭނާ ހަރަކާތްތެރިވެފައި ވަނީ އެކަނި ކަމަށެވެ.
މުހައްމަދު އައުޒަމް
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި