ދުނިޔޭގައި އެންމެ ޅަ އަމުރުގައި އަމިއްލަ މަސައްކަތުން ބިލިއަނަރަކަށް ވި މީހެއްގެ ޝަރަފު ލޫސީ ގުއޯ (30 އ) އަށް ލިބިއްޖެއެވެ. ފޯބްސްގެ އަންދާޒާގައި ލޫސީގެ މުދަލުގެ އަގަކީ 1.3 ބިލިއަން ޑޮލަރެވެ.
ލޫސީ ގުއޯއަކީ އެމެރިކާގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް އަދި ސްކޭލް އޭއައިގެ ކޯ-ފައުންޑަރެކެވެ. އޭނާ ސްކޭލް އޭއައި އުފެއްދީ 21 އަހަރުގައެވެ. ކުންފުނިން ވަކިކުރި ނަމަވެސް، ކުންފުނީގެ 5 އިންސައްތަ ހިއްސާ އަދިވެސް އޭނާގެ އަތުގައި އެބައޮތެވެ. މިއީ އޭނާ ބިލިއަނަރަކަށް ވި މައިގަނޑު ސަބަބެވެ.
ލޫސީ ބުނާ ގޮތުގައި އޭނާ ލަނީ ވަރަށް އާދަައިގެ ނުވަތަ ޝީއިން ފަދަ ފާސްޓް ފެޝަން ބްރޭންޑްތަކުގެ ހެދުމެވެ. އޭނާ އަދިވެސް ދުއްވަނީ ކުރީގެ ހޮންޑާ ސިވިކެކެވެ. ޕްރައިވެޓް ޖެޓްގައި ދަތުރު ނުކުރާ ކަމަށާއި، ދިގު ދަތުރުތަކުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރާ ކަމަށް ބުނެއެވެ. އަދި އޫބަރ އީޓްސްގެ ބައި-ވަން-ގެޓް-ވަން-ފްރީ އޮފާތައް ބޭނުންކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ލޫސީ ބުނާގޮތުގައި، މުއްސަނދިކަން މީހުނަށް ދައްކައިގެން އުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު