އެންމެން ދިރިތިބުމަށް އެހީތެރިވެދޭ ކަނޑު ދެނެގަތުމަށާއި އިހުތިރާމްކުރުމަށާއި އަދި ރައްކާތެރިކުރުމަށް އެންމެންގެ އަޒުމް އާކުރަންޖެހޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދުނިޔޭގެ ދުޅަހެޔޮކަން ފެށެނީ އަޅުގަނޑުމެންގެ ކަނޑުތަކުގެ ދުޅަހެޔޮކަމުން ކަމަށެވެ.
"އަދި ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް، ކަނޑަކީ ހަމައެކަނި ވަސީލަތެއް ނޫނެވެ. އެއީ ދިރިއުޅުމުގެ މައިގަނޑު ބައެކެވެ. މަސްވެރިކަމާއި، ފަތުރުވެރިކަމާއި އަދި އެހެނިހެން ގޮތްގޮތުން އަޅުގަނޑުމެން ދިރިތިބުމަށް އެހީތެރިވެދެއެވެ." ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިެވެ.
ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް ހޫނުވެ މަސްތަކުގެ މަހާއުލު ބަދަލުވަމުންދާ ކަމަށެވެ. އަދި ގޮނޑުދޮށްތައް ގިރަމުންދާ ކަމަށެވެ.
"މި ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގައި، އަޅުގަނޑުމެން އެންމެންނަށް ދިރިތިބުމަށް އެހީތެރިވެދޭ ކަނޑު ދެނެގަތުމަށާއި، އިޙްތިރާމްކުރުމަށާއި އަދި ރައްކާތެރިކުރުމަށް އަޅުގަނޑުމެންގެ އަޒުމު އާ ކުރަމާ ހިންގަވާށެވެ." ރައީސްގެ ޕޯސްޓު ނިންމައިލައްވަމުން ވިދާޅުވެފައިވެއެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު