ތިން ގައުމަކަށް ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަން ފޮނުއްވާފައި ވަނީ، ނޭޕާލް، އަޔަލޭންޑް އަދި ޔޫކްރެއިންއަށެވެ. އެ ބޭފުޅުންނަކީ

  • އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ، ނޭޕާލްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
  • ކަނޑައަޅާފައި ހުންނަވާ ސަފީރު އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އަޔަލޭންޑްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
  • ބެލްޖިއަމަށާއި ޔޫރޮޕިއަން ޔޫނިއަންއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ޔޫކްރެއިންގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް

ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.