ސްރީ ލަންކާގެ ބަންޑާރަ ނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން 10 ކިލޯގެ ކޮކޭން އަތުލައިގެންފިއެވެ.
ލަންކާގެ ކަސްޓަމްގެ އޮފިޝަލުން އިއްޔެ މި ކޮކެއިން އަތުލައިގަތީ އެ ގައުމަށް އެތެރެވި ތައިލެންޑަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ އަންހެނެއްގެ އަތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ބުނެފަިއވާ ގޮތުގައި، މިއީ މިހާތަނަށް ލަންކާގެ ބަންޑާރަ ނަޔަކަ އެއާޕޯޓުން އަތުލައިގަތް ކޮކޭންގެ އެންމެ ބޮޑު ޝިޕްމަންޓެވެ.
ލަންކާގެ ކަސްޓަމްސްގެ ޑިރެކްޓަރ ޖެނެރަލް ސީވަލީ އަރުކްގޯޑާ ވިދާޅުވީ އެ އަންހެންމީހާ ކޮކޭން އެތެރެކޮށްފައިވަނީ އޭނާ އެތެރެކުރި ކުޑަކުދީން ކުޅޭ އެއްޗެހީގެ އެތެރެއަށް ކޮކޭން ލައި ބަންދުކޮށްގެން ކަމަށެވެ.
ލަންކާކެ ކަސްޓަމްސް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ވަނީ އެ އަންހެންމީހާ އެތެރެކުރަން މަސައްކަތް ކުރި ކޮކޭން ދައްކައިފައެވެ. އޭނާ ވަނީ އެ ކޮކެއިން 500 ޕްލާސްޓިކް ކެޕްސޫލްގައި ބަންދުކޮށް ޕެކްކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ކަސްޓަމްސްގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެ މީހާ އެތެރެކުރަން މަސައްކަތް ކުރީ 10 ކިލޯ ކޮކޭންގެ މަގުމަތީ އަގު 1.72 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް