ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖާންވީ ކަޕޫރު ވަނީ 78 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ފުރަތަމަ ފަހަރަށް ބައިވެރިވެފައެވެ. އޭނާގެ ފެނިލުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.

https://www.instagram.com/p/DJ8kXB8sBRJ/?igsh=MXdlMjllN29tcWJubQ==

ޖާންވީ ފުރަތަމަ ފެސްޓިވަލުގަައި ލައިގެން ހުރީ ޑި ޕެޓްސާގެ "ވެޓް ގްލެމަރ" ލުކްގެ ސާޅިއެކެވެ. ރެޑް ކާޕެޓްގައި ޖާންވީ ލައިގެން ހުރީ ޓާރުން ޓަހިލިއާނީގެ ހުދު ސާޅިއެކެވެ. އޭނާ ވަނީ ކްރިސްޓިއަން ޑިއޯގެ 1957 ގެ ހޯޓް ކޯޗަރ ކަޅު ހެދުމެއްގައި ވެސް ފެނިފައެވެ.

https://www.instagram.com/p/DJ4x1DgTQIQ/?igsh=MW5obXdnZG4ydmxucw==

"ހޯމްބައުންޑް" ގެ ޕްރިމިއާގައި ޖާންވީ ލައިގެން ހުރީ އަނާމިކާ ޚާންގެ ގައުނެކެވެ. ފުރަތަމަ ފެނިލުމުގައި އޭނާ ލައިގެން ހުރީ މިއު މިއުގެ ހެދުމެކެވެ.

https://www.instagram.com/p/DJ7WEyRIkj-/?igsh=eGs5NzZpaGh3Y21i

ޖާންވީގެ ބައެއް ފެނިލުމަކީ އޭނާގެ މަންމަ ސްރީދޭވީއަށް ޓްރިބިއުޓް ދޭ ފެނިލުންތަކެކެވެ. މި ހުރިހާ ފެނިލުމެއްގައި ވެސް ސްޓައިލްކޮށްދީފައި ވަނީ އޭނާގެ ކަޒިން ރިއާ ކަޕޫރެވެ.

https://www.instagram.com/p/DJ7WEyRIkj-/?igsh=eGs5NzZpaGh3Y21i

ޖާންވީ ކަޕޫރު ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވީ އޭނާގެ އާ ފިލްމު "ހޯމްބައުންޑް" ގެ ޓީމާ އެކުގައެވެ.