ގަނޑުފެނުގެ ވާރޭގައި ޖެހި އިންޑިގޯ ފްލައިޓަކަށް ގެއްލުންވެއްޖެއެވެ.
ގަނޑު ފެނުގެ ވާރޭގައި ފުލައިޓު ޖެހުނީ، މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ދިއްލީން ސްރީނަގާރަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އިންޑިގޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމާއެކު، އަމަލުކުރަން ޖެހޭ ޕްރޮޓޮކޯލުތަކުގައި ވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށާއި އެ ފްލައިޓު ސްރިނަގަރަށް ޖައްސާފައިވާ ކަމަށް ވެސް އިންޑިގޯއިން ބުނެއެވެ.
އެ އެއާލައިނުން ނެރުނު ބަޔާނުގައި ފްލައިޓަށް ލިބުނު ގެއްލުން ފާހަގަކޮށްފައި ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުން ފްލައިޓުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
އެ ފްލައިޓުން ދަތުރުކުރި ދަތުރުވެރީން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯތަކުން ގަނޑުފެނުގެ ވާރޭގެ އަސަރު ކުރި ވަގުތު ފްލައިޓަށް ލޮޅުމުގެ އަސަރުކޮށް އެއިން ދަތުރުކުރަމުން މީހުން ހަޅޭއްލަވާ އަޑު އިވެއެވެ.
މުހައްމަދު އައުޒަމް
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ