ސަރުކާރު ކޯލިޝަންގައި މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) މިހާރު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމްޑީއޭއިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ސަރުކާރު ހިންގާ ޕީއެންސީއާއެކުގައި މަސައްކަތްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި އެމްޑީއޭ މިހާރު ނެތް ކަމަށާއި އޮތީ ޕީއެންސީ އެކަނި ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބެއް ވިދާޅެއް ނުވެއެވެ.

ރައީސް ވިދާޅުވީ، އެމްޑީއޭއާ ބައެއް ހިޔާލު ތަފާތުވުންތައް އުފެދުނު ކަމަށެވެ.

އެމްޑީއޭއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތްކުރީ އެމްޑީޕީއާއެކުގައެވެ.