ލަންކާގެ ކެންޑީގައި ނުރައްކާތެރި ބަލިތަކެއް ފެތުރިދާނެކަމުގެ އިންޒާރު ދީފިއެވެ.
ލަންކާގެ ޕަބްލިކް ހެލްތް އިންސްޕެކްޓާސް ޔޫނިއަން އިން ވަނީ އެ ގައުމުގެ ކެންޑީގައި ދީނީ އެއްވުމަކަށް ގިނަ އަދަދެއްގެ ބަޔަކު އެސިޓީއަށް އަންނަމުންދާ ކަމަށާއި އެ ކަމުގެ ސަބަބުން ނުރައްކާތެރި ބަލިތަކެއް ފެތުރިގެން ހިނގައިދާނެ ކަމަށް އިންޒާރު ދީފައެވެ.
ޕަބްލިކް ހެލްތް އިންސްޕެކްޓާސް ޔޫނިއަންގެ ރައީސް އުޕުލް ރޯހާނާ ވިދާޅުވީ ޑައިރިޔާ އާއި ޑެންގޫގެ އިތުރުން ޗިކަންގުންޔާ މިހާރުވެސް ކެންޑީގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ.
ކެންޑީގެ މުނިސިޕަލް ކައުންސިލުން ވެސް ވަނީ އެސިޓީގައި މިހާރު ދުވާލަކު ނަގާ ކުންޏަކީ މީގެ ކުރިން އެއް މަސްދުވަހުގެ ކުނި ކަމަށް ފާހަގަކޮށްފައެވެ. އެހެންކަމުން އެހާ ގިނަ ކުނި ނައްތައިލެވޭނެ ގޮތެއް އެސިޓީގައި ނެތް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.
ޕަބްލިކް ހެލްތް އިންސްޕެކްޓާސް ޔޫނިއަންގެ ރައީސް ވިދާޅުވީ މީހުން އެއްވާ ސަރަހައްދުގައި ފާހަނާތައް މަދުވުމުން މީހުން ބޭނުން ކުރަނީ އެސަރަހައްދުގެ ކޯރު ކަމަށެވެ. އެކޯރަށް ކުނި އަޅައި މުޅި ކޯރު ތަގައްޔަރުވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކެންޑީގެ އާންމުންގެ ރައްކާތެރިކަމަށް މިހާތަނަށް އެކި ސަރަހައްދުތަކުގައި 20 އަށްވުރެ ގިނަ ޕަބްލިކް ހެލްތް އިންސްޕެޓަރުން ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް ޕަބްލިކް ހެލްތް އިންސްޕެކްޓާސް ޔޫނިއަންގެ ރައީސް ފާހަގަކުރައްވައިފައި ވެއެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު