އޮސްޓްރޭލިއާގެ ސިޑްނީގައި 900 އަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ، މޮނޮޕޮލީ ކުޅުމުގެ ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ހަރަކާތަކީ 2017 ގައި ސިކުނޑީގެ ކެންސަރުން މަރުވި 6 އަހަރުގެ އަލެގްރާ ވަސިލިއޫގެ ހަނދާނުގައި ބޭއްވި ހަރަކާތެކެވެ.
މާޗް 30 ގައި ބޭއްވި މި ހަރަކާތުގައި 918 މީހުން ބައިވެރިވެ، 150 މޭޒުގައި އެއްފަހަރާ މޮނޮޕޮލީ ކުޅުނެވެ. މި ހަރަކާތުގެ މަގުސަދަކީ ކުޑަކުދީންގެ ސިކުނޑީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމާއި ފައިސާ ހޯދުމެވެ.
މި ހަރަކާތުގައި ބޭނުންކުރި މޮނޮޕޮލީ ގޭމަކީ "އަލެގްރާސް އާމީ" ގެ ނަމުގައި އަލެގްރާގެ ފޮޓޯ ޖަހައިގެން ހާއްސަކޮށް ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމް ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ ކެންސަރު ދިރާސާތަކަށެވެ.
އަލެގްރާގެ މަންމަ، ސޫ-އެލަން ވަސިލިއޫ ބުނި ގޮތުގައި މި ހަރަކާތަކީ އަލެގްރާގެ ހަނދާނުގައި ހުރިހާ އުމުރުފުރައެއްގެ މީހުން އެއްވެ، އޭނާގެ ހަނދާން އާކުރުމަށް ބޭއްވި ހަރަކާތެކެވެ. މި ހަރަކާތް އިންތިޒާމުކުރީ ލިޓްލް ލެގްސް ފައުންޑޭޝަނުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ