އިންޑިއާގެ އެސްޓްރަނައުޓެއް އަންނަ މަހު ޖައްވަށް ދާނެ ކަމަށް އެގައުމުން އިއުލާން ކޮށްފިއެވެ.
އިންޑިއާއިން މިކަން އިއުލާނު ކުރީ އިއްޔެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު އޮފީހުގެ ފެޑަރަލް ޖޫނިއާ މިނިސްޓަރު، ޖައިތެންޑްރާ ސިންގް ވަނީ އެ ގައުމުގެ އެސްޓްރަނައުޑް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ''އައިއެސްއެސް'' އަށް ކުރާ ދަތުރަކީ ގިނަ އަހަރު ތަކަކަށްފަހު، އެ ގައުމުގެ މީހަކު ޖައްވަށް ކުރާ ފުރަތަމަ ދަތުރު ކަމަށް ފާހަގަކޮށްފައެވެ.
އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަނުން ވަނީ އަންނަ މަހު ޖައްވަށް ދަތުރުކުރާ އިންޑިއާ މީހަކީ ޝޫބާންޝޫ ޝުކްލާ ނަކަމަށް ކިޔާ މީހެއް ކަމަށާއި އޭނާ އަކީ ކުރީން އިންޑިއާގެ އެއާފޯސް ކެޕްޓަނެއް ކަމުގައި ފާހަގަކޮށްފައެވެ.
އަންނަ މަހު ޖައްވަށް އުދުއްސާލާ އެކްސިއޮމް ސްޕޭސް މިޝަންގައި ބައިވެރިވެ އޭނާ އައިއެސްއެސް އަށް ދަތުރުކުރާނެ ކަމަށް އިސްރޯއިން ބުނެއެވެ.
މުހައްމަދު އައުޒަމް
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އަދާލަތު ޕާޓީ
ހާރިޖީ ގުޅުން