މަޝްހޫރު ނެޓްފްލިކްސް ސީރީޒް "އެމިލީ އިން ޕެރިސް" ގެ ފަސްވަނަ ސީޒަންގެ ޝޫޓިން މި އަހަރުގެ މެއި މަހު ރޯމްގައި ފަށާނެ ކަމަށް ވެރައިޓީ އިން ބުނެފިއެވެ. މި ސީޒަން މި އަހަރު ނެޓްފްލިކްސްގައި ދައްކަން ފަށާނެއެވެ.
މި ސީޒަންގައި މައިގަނޑު ރޯލު އަދާކުރާ ލިލީ ކޮލިންސް (އެމިލީ ކޫޕަރ) އާއެކު އޫޖެނިއޯ ފްރަންސެސްކީނީ (މާސެލޯ) ގެ ނަމުގައި އިޓަލީގެ އާ ލޯބިވެރިއެއް ތައާރަފުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމިލީގެ ކުރީގެ ލޯބިވެރިން ކަމަށްވާ ލޫކަސް ބްރަވޯ (ގެބްރިއެލް) އާއި ލޫސިއަން ލަވިސްކަންޓް (އަލްފީ) ވެސް މި ސީޒަންގައި ފެނިގެންދާނެ ކަމަށް ވެސް ހޮލީވުޑްގެ ހަބަރުތައް ބުނެއެވެ.
ސްޓޯރީލައިންގެ ގޮތުގައި، އެމިލީ ރޯމްގައި އޭޖެންސް ގްރެޓޯގެ އޮފީހެއް ހުޅުވުމަށްފަހު އޭނާގެ ދިރިއުޅުމާއި ލޯބި ބައްޓަންކުރާ ގޮތް ދައްކުވައިދޭނެ އެވެ. ސީރީޒްގެ މަޝްހޫރު އެހެން ކެރެކްޓަރުތައް ކަމަށްވާ ފިލިޕީން ލެރޯއި-ބޯލިއޫ، ސެމުއެލް އާނޯލްޑް، ބްރޫނޯ ގޯރީ އަދި އެޝްލީ ޕާކް ވެސް މި ސީޒަންގައި ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ޝޫޓިން ރޯމްގައި ފެށުމަށްފަހު ގްރޫޕް ޕެރިސްއަށް ބަދަލުވާނެ ކަމަށް ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު