އޭލެވެލްއަށް ކިޔަވައިދާ އިތުރު ސްކޫލެއް މާލޭގައި ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު"ގެ ނަމުގައި ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ތައުލީމީ ދާއިރާއިން ކުރިއަށްދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ތައުލީމީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން މަޖީދިއްޔާ ސްކޫލުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތުގެ އެގްރީމެންޓްގައި މި މަހު ސޮއިކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށާއި ހުޅުމާލޭގައި އިތުރު ދެ ސްލޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު އިމާރާތްކުރުުމުގެ މަސައްކަތް ކުރަމުންދާ އަރަބިއްޔާ ސްކޫލްގެ މަސައްކަތް 2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ނިންމާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.