މިޔަންމާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމު އިންވެގެން އޮންނަ ޗައިނާގެ އިތުރުން ތައިލެންޑަށް ބިންހެލުމުގެ ލޮޅުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާގޮތުން އެ ބިންހެލުން އައީ މިޔަންމާގެ ހުޅަނގު އުތުރުން އޮންނަ ބާމޭސް ސިޓީއަށެވެ.

ބިންހެލުމުގެ ސަބަބުން މިޔަންމާގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނާ އިރު، ތައިލެންޑުގެ ބެންކޮކުގެ ބައެއް އިމާރާތްތަކަށްވެސް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އިމާރާތްތައް ވެއްޓިފައިވުމުގެ ސަބަބުން އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ތިބެދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ތައިލެންޑުގައި ހަދަމުން ދިޔަ އިމާރާތެއް އެއްކޮށް ބިމާހަމަވެފައިވާ ކަމަށާއި އެ އިމާރާތުގައި އެވަގުތު ގިނަބަޔަކު މަސައްކަތް ކުރަމުން ދިޔަ ކަމަށް ތައިލެންޑުގެ އޮފިޝަލުން ބުނެފައިވެއެވެ.