ނޭޝަނަލް ތެލެސީމިއާ ސެންޓަރުން ފޯރުކޮށް ދޭ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދޭ ކަމަށް ބުނެ ތެލެސީމިއާ ބަލީގެ މީހުންނާއި އެ މީހުންގެ އާއިލާތަކުން ރޭ މުޒާހަރާކުރުމުން އެ ސެންޓަރުގެ ހާލަތު ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފިއެވެ.
ތެލެސީމިއާ ސެންޓަރަށް ރައީސް ވަޑައިގެންފައި މިވަނީ އެ ސެންޓަރުގެ ވެރިންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރިތާ 24 ގަޑިއިރު ނުވަނީހެވެ.
ރައީސް އޮފީހުން މިއަދު ބުނީ ތެލެސީމިއާ ސެންޓަރަށް ރައީސް ވަޑައިގެން އެ ސެންޓަރުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހާލަތު ބެއްލެވި ކަމަށެވެ. އަދި އެ ވަގުތު ތެލެސީމިއާ ސެންޓަރުން ހިދުމަތް ހޯދަމުންދިޔަ މީހެއްގެ އާއިލާއާ ބައްދަލުކޮށް، ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށްވެސް ބުންޏެވެ.
"އާއިލާތަކުން ފާޅުކުރި ކަންބޮޑުވުންތައް، މި ވަގުތުން ފެށިގެން ހައްލު ކުރެވެންހުރި ހުރިހާ ކަމެއް ހައްލުކުރުމަށް، ކަމާބެހޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅުތައް އަޅަން ސަރުކާރުން ފައްޓަވައިފި،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ޒަމާނުއްސުރެ ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ ސެންޓަރުގައި ހުރި މައްސަލަތައް ހައްލުކުރަން މިހާރު ފަށާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު