ރޯދަ މަހުގެ ފަހު ދިހަޔަކަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވީ، ދެން މަޖިލީހުގެ ޖަލްސާއެއްް އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.
ޖަލްސާ ނިންމަވައިލެއްވުމުގެ ކުރިން ރޯދަ މަހުގެ ފަހުދިހަޔަކާ ކުރިމަތިލާ އިރު، މަޖިލިސް މެންބަރުން ރައްޔިތުންނަށް ނަމޫނާ ދައްކަވައި މިމަހުގެ ސަވާބާއި ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯއްދެވުމަށްޓަކައި ކެނޑިނޭޅި ހިއްވަރާ ހިތްމަތާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް މަޖިލިސް ރައީސް ވަނީ މެންބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.
"މި ބަރަކާތްތެރި ރަމަލާން މަހަކީ ހުރިހާ ގޮތަކުންވެސް އުފާ ފާގަތި މައްސަރެއްކަމުގައި ލައްވައި މިމަހުގެ ސަވާބާއި ދަރުމަ އަޅުގަނޑުމެން ހުރިހާ އެއްމެންނަށް އެންމެފުރިހަމަގޮތުގައި ނިލޭބެ ހުރިހާމަގެއް ފަހުކޮށްދިނުންއެދި ދުއާ ދަންނަވަން،"
ޚަބަރު
ޚަބަރު
ޚަބަރު