އއ. ތޮއްޑޫގައި ބަރަހަނާ ހާލުގައި އުޅުނު ފަތުރުވެރިޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ރަޝިއާގެ ފިރިހެން ފަތުރުވެރިޔަކު އެ ރަށު ވަޅުމަގުކޮޅު ބީޗުގައި ބަރަހަނާކޮށް އުޅުނު މައްސަލައެއް މިއަދު 15:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އޭނާގެ ފަރާތުން އަނިޔާވެ، ފުލުހުންގެ ވެހިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް