ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ އިކުއިޓީ ފަންޑް، ބްލެކްސްޓޯން އިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގަތުމުގެ ފަހު މަރުހަލާގައި އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބްލެކްސްޓޯން އިން ފުރަތަމަ ޓީއެމްއޭ ގަތީ 2013 ވަނަ އަހަރު އެވެ. އަދި 2017 ވަނަ އަހަރު 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) އަށް އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޝެންޒެން ޓެމްޕަސް ގްލޯބަލް ބިޒްނަސް ސަވިސަސް ހޯލްޑިންގްސްއަށް ވިއްކާލި އެވެ.
ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކުރި އަސަރާއެކު ޓީއެމްއޭ އިން ދައްކަން ޖެހުނު 305 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކި ޑިފޯލްޓްވުމާ ގުޅިގެން ލޯން ދެއްކޭނޭ މަގެއް ހޯދަން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކާލައިލް އަށް 2021 ވަނަ އަހަރު އެ އެއާލައިން ވިއްކާލި އެވެ.
އޭވިއޭޝަންގެ ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫސްތަކުން ބުނެފައިވާ ގޮތުން ބްލެކްސްޓޯންއިން އަނެއްކާވެސް ޓީއެމްއޭ 8 އަހަރު ފަހުން ގަންނަނީ 500 މިލިއަން ޑޮލަރަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ރިޒޯޓުތަކަށް ދަތުރު ކުރާ ޓީއެމްއޭއަކީ މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރެވެ. އެ ކުންފުނިން މިވަގުތު 65 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު