ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގު އެޕް މެދުވެރިކޮށް ޑޮނޭޓްކުރެވޭ ފީޗާއެއް ތައާރަފުކޮށް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ޑޮނޭޓްކުރެވޭނެ މަގު ތަނަވަސްކޮށްދީފައެވެ.

ދިރާގުން ވަނީ އެ ޑޮނޭޝަންގައި ބައިވެރިވެ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. އެ ކުންފުނީގެ މުވައްޒަފުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

  • ފިޔަވަތި
  • އަމާން ވެށި އަދި އަމާން ހިޔާ

ދިރާގު އެޕް މެދުވެރިކޮށް ޑޮނޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެޕްގައިވާ ޕްރީސެޓް އަދަދުތައް ކަމުގައިވާ (10 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، އަދި 500 ރުފިޔާ)ގެ އަދަދެއް ހިޔާރުކޮށް، ދިރާގު އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ޑޮނޭޓް ކުރެވޭނެއެވެ. ޕްރީޕެއިޑް ކަސްޓަމަރުންނަށް ބާކީ ހުރި ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެންވެސް ޑޮނޭޓްކުރެވޭނެއެވެ.

  • ކުދިންގެ ކިޔަވާ ކޮޓަރިތައް އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލް އަދި ކިޔެވުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހޯދައިދިނުން
  • ކުދިން ކުޅޭ ސަރަހައްދުތަކުގައި ޓާފް އަޅައިދީ، އެ ސަރަހައްދުތަކަށް އިތުރު ތަނަވަސްކަން ގެނެސްދިނުން
  • ހުނަރު ތަރައްގީކުރުމުގެ ޕްރޮގްރާމްތައް ހިންގައި ކުދިންގެ އަމިއްލަ އަދި ޕްރޮފެޝަނަލް ކުރިއެރުމަށް ފުރުސަތުތައް ހޯދައިދިނުން
  • ޒުވާނުންނަށް (16 އަހަރުން މަތީގެ ކުދިންނަށް) ވަޒީފާއަށް ތައްޔާރުވުމުގެ ޕްރޮގްރާމްތައް ހިންގުން

ދިރާގުން ވަނީ، އަމާން ވެށި އަދި އަމާން ހިޔާތަނަށް ދިރާގުގެ ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވަމުންނެވެ.