ނޯތު ކޮރެއާގެ ނިއުކްލިއާ ސަބްމެރިން ދައްކާލައިފިއެވެ.
ނޯތު ކޮރެއާއިން އެގައުމުގައި އުފައްދާ ފުރަތަމަ ނިއުކްލިއާ ޕަވާޑް ސަބްމެރިން ދައްކާލާފައިވާއިރު މިއީ ސަލާމަތީ ގޮތުން ސައުތު ކޮރެއާގެ އިތުރުން އެމެރިކާއަށްވެސް އޮތް ނުރައްކަލެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ނޯތް ކޮރެއާގެ ގައުމީ މީޑިއާއިން ހޮނިހިރު ދުވަހު ވަނީ އެ ގައުމުން އުފައްދާ ނިއުކްލިއަ ސަބްމެރިންގެ ފޮޓޯތައް ދައްކާލައިފައެވެ.
ދަ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން އެ ފޮޓޯތައް ދައްކާލި ނަމަވެސް އެ ސަބްމެރިންގެ އިތުރު މައުލޫމާތުތަކެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ސަބްމެރިން އުފައްދާ ޔާޑަށް ޒިޔާރަތްކުރައްވައިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޯތު ކޮރެއާއިން ނިއުކްލިއަ ސަބްމެރިން ދައްކާލުމާ ގުޅިގެން ސައުތު ކޮރެއާގެ ސަބްމެރިން އެކްސްޕާޓަކު ވަނީ އެ ސަބްމެރިނަކީ 6000 ނުވަތަ 7000 ޓަނުގެ ސަބްމެރިނެއް ކަމަށާއި އެއިން އެއްފަހަރާ 10 މިސައިލް އުފުލޭނެ ކަމަށް ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ސަބްމެރިންގެ އެންމެ މައިގަނޑު މަސައްކަތަކީ ނިއުކްލިއަ ހަތިޔާރު އުފުލުން ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
2023 ވަނަ އަހަރުވެސް ނޯތުކޮރެއާ އިން ވަނީ ޓެކްޓިކަލް ނިއުކްލިއާ ސަބްމެރިނެއްވެސް ދައްކާލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ