މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ފަށައިފި އެވެ.

ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސްއިން މިއަދު އެ މަސައްކަތް ފެށީ، މާލޭގެ ކާނުތަކުން ފެން ހިނދުން ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވައިލައްވައިފައެވެ.