ގޭސްޓްރިކަށް ދޭ އިންޖެކްޝަނެއްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ އިންޖެކްޝަން ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެރިސްޓޯ ޕެންޓޮޕް ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަނަކުން ކޮލެޓީގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އެހެންކަމުން
އެ އިންޖެކްޝަނުގެ ބެޗް EMPH243030 ރާއްޖެ އެތެރެކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.
އެމްއެފްޑީއޭއިން ވަނީ އެއްވެސް ބޭސް ފިހާރައެއް އަދި ސިއްހީ ހިދުމަތްދޭ ތަނެއްގައި އެ އިންޖެކްޝަން ހުރިނަމަ، އެކަން އެ އޮތޯރިޓީއާ ހިއްސާކޮށް ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށްގެންދަން އެދިފައެވެ.
މީގެ އިތުރުން ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށްވެސް އެމްއެންޑީއޭ އިން ބުނެފައިވެއެވެ.
ޕެންޓޮޕްއަކީ ގިނަ ބޭސްފިހާރަތަކުން ލިބެން ހުންނަ ބޭހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު