މޭގަން މާކްލް އުފައްދާފައިވާ "ވިތް ލަވް" އިއްޔެ ނެޓްފްލިކްސްގައި ދައްކަން ފަށައިފިއެވެ. ރައްޓެހީންނާއެކު ސީދާ ދެކެވޭ ވާހަކަތަކާއި އަމަލީ ދިރިއުޅުމުގެ ކަންކަން މި ޕްރޮގްރާމްގައި ހިމެނެއެވެ.
މޭގަން ވަނީ ކޮންމެ ދުވަހެއްގެ ވަގުތުތަކުން ރީތިކަން ހޯދައިގަތުމުގެ ފަސޭހަ ގޮތްތައް ހިއްސާކޮށް، ފުރިހަމަކަމަށް ބާރު ނާޅައި ދިރިއުޅުމުގެ އުފާ ލިބިގަތުމާ ބެހޭ އަމިއްލަ ލަފާތައް ދީފައެވެ. އޭނާ ވަނީ ކެއްކުމާއި، ގަސްއިންދުމާއި އަދި އިތުރު ކަންކަމުގައި އޭނާއާއެކު ބައިވެރިވުމަށް ދައުވަތު ދީފައެވެ.
ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، ސަދަން ކެލިފޯނިއާގެ ރީތިކަން ހަނދާންކޮށްދޭ މި ޕްރޮގްރާމް ޖެނުއަރީ މަހު ދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، މޭގަން، ޑަޗެސް އޮފް ސަސެކްސްގެ އެދުމުގެ މަތީން އަދި ނެޓްފްލިކްސްގެ އެއްބާރުލުމާއެކު މާޗް 4 އަށް ފަސްކުރެވުނެވެ.
ކޮންމެ އެޕިސޯޑެއްގައިވެސް ފެނިގެންދަނީ މެހެމާނުން ބަލައިގަތުމަށް މޭގަން ބަދިގޭގައާއި، ބަގީޗާގައި އަދި ބީހައިވްގައިވެސް ތައްޔާރުވާ މަންޒަރެވެ. އަމިއްލަ ލަފާ ހިއްސާކުރުމުގައި ވިޔަސް ނުވަތަ އާ އެއްޗެއް ދަސްކުރުމުގައި ވިޔަސް، މި ޕްރޮގްރާމު އަމާޒުކުރަނީ މާނަހުރި ބައްދަލުވުންތަކަށެވެ.
ކެލިފޯނިއާގެ މޮންޓެސީޓޯގައި ރެކޯޑުކޮށްފައިވާ މި ސީރީޒްގައި އެލިސް ވޯޓަރސް، ރޯއި ޗޮއި، މިންޑީ ކޭލިން އަދި އެހެނިހެން މަޝްހޫރު މާހިރުންނާއި ގާތް ރައްޓެހީން ބައިވެރިވެފައިވެއެވެ.
މި ސީރީޒްގައި ޖުމުލަ 8 އެޕިސޯޑު ހިމެނެއެވެ. ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 33 މިނެޓެވެ. މުޅި ސީރީޒް ތެރޭގައި މޭގަން ވަނީ މަޝްހޫރު މާހިރުންނާއި ރައްޓެހީންގެ އާ ބައެއް ރެސިޕީތައް ހުށަހަޅައިފައެވެ. މީގެ އިތުރުން ބަދިގެއާއި ބަގީޗާގައި ބޭނުންކުރެވިދާނެ އަމިއްލަ ލަފާތައް ވެސް ހިއްސާކޮށްފައިވެއެވެ.
މިއީ މޭގަން ނެޓްފްލިކްސްއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރު ނެޓްފްލިކްސްއިން ވަނީ "ހެރީ އެންޑް މޭގަން" ނަމަކަށް ކިޔާ ޑޮކިއުމެންޓަރީ ސީރީޒެއް ވެސް ނެރެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން