ރޯދަ މަހަށް އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ގެނެސް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.
އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ގެނެސްފައިވަނީ އިންޑިއާ އިންނެވެ. އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިން ކާށި ކިލޯއެއް ވިއްކަމުންދަނީ 20 ރުފިޔާއަށެވެ. އެ ފިހާރައިން ކާއްޓެއް ވަކިންވެސް ދަނީ ވިއްކަމުންނެވެ.
"ކާށީގެ ސައިޒަށް އަގު މި ހުންނަނީ. ގާތްގަނޑަކަށް ޖެހިދާނެ ކާއްޓަކަށް ހަތެއް ނުވަތަ ނުވަ ރުފިޔާވެސް" އެސްޓީއޯގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވިއެވެ.
އެސްޓީއޯ އިން ކާށި ގެނެސް ވިއްކަން ފަށާފައިވާއިރު، ބާޒާރުގައި ކާއްޓެއް އުޅެނީ 20-50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު