ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ޝޮޕް ޕޭ އެންޑް ވިން"ގެ ނަސީބުވެރި ފަރާތް ހޮވައި އިނާމު ހަވާލުކޮށްފިއެވެ.
ބީއެމްއެލުން އެ ޕްރޮމޯޝަން ފެށީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ޕްރޮމޯޝަނުގައި ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް ގުރުއަތުގައި ހިމެނުނެވެ.
ބީއެމްއެލުން މިއަދު ބުނީ، ޝޮޕް ޕޭ އެންޑް ވިން ޕްރޮމޯޝަނުގެ ބޮޑު އިނާމު ލިބޭ ނަސީބުވެރިޔާ ހޮވާފައިވާ ކަމަށާއި އެ އިނާމު ލިބުނު ފަރާތަކީ ހދ. ނޮޅިވަރަންފަރު، ހަސަން ނާސިހު އަބްދުﷲ ކަމަށެވެ.
ނާސިހުއަށް ބީއެމްއެލުން ވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.
ބޮޑު އިނާމުގެ އިތުރުން އެ ޕްރޮމޯޝަނުގެ މުއްދަތުގައި ކޮންމެ ދުވަހަކުވެސް ފަސް ނަސީބުވެރިޔަކަށް 1،000 ރުފިޔާގެ އިނާމު ދީފައިވެއެވެ.
ޖުމުލަ 8،000 އަށްވުރެ ގިނަ މާޗެންޓުންނާއެކު ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.
ޚަބަރު
ޚަބަރު