މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.

މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދެވެ.

އެ ހަރަކާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގި ހަރަކާތެއް ކަމަށެވެ.

އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ އެ ކުންފުނީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.