އަހުމަދު ސަރީރު މ. ވެސްޓް ސައިޑް، މޮރޮކޯއަށް ކަންޑައަޅުއްވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް، ފެލްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް، ގ.ކަނޑިތޮޅިއާގެ، ރަޝިއަން ފެޑަރޭޝަންގައި ހުންނަވާ ރާއްޖޭގެ ނޮންރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެ ދެ ބޭފުޅުންނަށް މަޖިލީހުން ރުުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ތަޅުމަށް އިއްވެވުމުން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފައެވެ.
ސަރީރަކީ މިހާރުވެސް ރާއްޖޭން ސައުދީއަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ލަތީފްއަކީ ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރެވެ.
ޚަބަރު
ޚަބަރު
ޚަބަރު