ޑެލްޓާ އެއާލައިންސްގެ ފްލައިޓެއް ރަންވޭގައި ޖެއްސުމާއެކު ފުރޮޅިއްޖެއެވެ.
މި ފުލައިޓު ކެނެޑާގެ ޓޮރޮންޓޯގެ ޕާސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ވަގުތު ފުރޮޅި، ފްލައިޓުގެ ދެ ފިޔަގަނޑުވެސް ވަކިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްޔެ މިނެޕޮލިސް އިންޓަނޭޝަނަލް އެއާޕޯޓުން 80 މީހުންނާއެކު ދަތުރުކުރި އެ ފްލައިޓުގައި ދިމާވި ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގުމާއެކު އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުވާފައިވާއިރު ރަންވޭ ބަންދުކޮށް ޖައްސަން އައި ފްލައިޓުތައް ޑައިވާޓް ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ