ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑާ ގުޅިގެން ކުރިއަށް ގެންދިޔަ ކޮލޮމްބޯ ފެޝަން ވީކް ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
ސްރީ ލަންކާގައި މި މަހު އޮންނަ ފެޝަން ވީކަށް ދިއުމަށް ހޮވިފައިވަނީ އިބްރާހީމް ސަލީމެވެ. ފެޝަން ވީކް ބަލަން އިތުރު މީހަކާ އެކު ދިއުމުގެ ފުރުސަތު ސަލީމަށް ލިބޭނެއެވެ.
އެ ޕްރޮމޯޝަނުގެ އިނާމުގެ ގޮތުގައި ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓާއި، 5 ތަރީގެ ހޮޓަލެއްގައި ހުރުމާއި، އަދި އިވެންޓަށް ވީވީއައިިޕީ ޓިކެޓު ވެސް ލިބޭނެ އެވެ. އަދި ތަފާތު ކަލިނަރީ ތަޖުރިބާތައްކޮށްލުމުގެ ފުރުސަތު ވެސް އޭނާއަށް ލިބޭނެއެވެ.
ބީއެމްއެލްގެ މި ޕްރޮމޯޝަން ހުޅުވާލެވުނީ ހަމައެކަނިއެ ބޭންކްގެ މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ. މިއީ ބޭންކުން ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގުނު ޕްރޮމޯޝަނެއް ބީއެމްއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު