ރާއްޖޭގެ އިގުތިސޯދު ރަނގަޅުވާ ތަނެއް، އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭ ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރަން އަޅަން ނިންމާފައިވާ އަޅަން ފަސްޖެހެމުންދާކަން ފާހަގަ ކުރައްވައި ނާޒިމް މިހެން ވިދާޅުވީ، މަހު މުސާރައިގެ ގޮތުގައި ލިބެން ޖެހޭ ޕެންޝަން ފައިސާ ނުލިބޭ ކަމަށް ބުނެ އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ސިޓީއަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، މާލިއްޔަތު ކޮމިޓީގައި މިއަދު ކުރިއަށްދިޔަ ބަހުސްގައެވެ.
ނާޒިމް ވިދާޅުވީ, ޕެންޝަން ދިނުމުގައި ހުރި ތަފާތުތައް ނައްތާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ހައްލުވާ ތަން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ފިޔަވަޅުތައް ތަންފީޒުކުރުން ލަސްވާ މަންޒަރު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ދައުލަތުގެ އިދާރާތަކުން އަލަށް ރިޓަޔާކުރާ މީހުންނަށް މަހުން މަހަށް ދޭ އެލަވަންސް މިދިޔަ މަހުން ފެށިގެން ކަނޑާލަން ނިންމުމަަށްފަހު އެކަން އަނބުރާ ގެންދިއުމާ ގުޅުވައި ނާޒިމް ވިދާޅުވީ، މިއީ އެކި ގާނޫނުތަކުގައި އެކި ގޮތަށް ޕެންޝަން ލިބޭ އުސޫލުތައް އޮތްއޮތުން ނައްތާލަން ގެނައި ބަދަލެއް ކަމަށާއި ނަމަވެސް އެކި އޮފީސްތަކުން ލިބުނު ޝަކުވާތަކާއެކީ އެކަން އަނބުރާ ގެންދެވީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު