މިނިސްޓަރުންނާ ސުވާލުކުރުމަށް ބާއްވާ 'އަހާ' ފޯރަމްގެ ތިންވަނަ ފޯރަމް މާދަމާ ރޭ ބާއްވަން ނިންމައިފިއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ އެ ފޯރަމްގެ ތިންވަނަ ފޯރަމް އޮންނާނީ މާދަމާ ރޭ 9:00 ޖަހާއިރެވެ. މިފަހަރުގެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާނެ މިނިސްޓަރުންނަކީ:
- ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓޫރިޒަމް އަދި އެންވަޔަރުމެންޓް މިނިސްޓަރު ތާރިގު އިބްރާހިމް
އެ ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ކުރިއާލައި ސުވާލު އެސްއެމްއެސް ކުރަންޖެހެއެވެ. އެގޮތުން އެސްއެމްއެސް ކުރަން ޖެހެނީ AH (space) Suvaalu to 300 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު