ސިވިލް ކޯޓަށް މިދިޔަ އަހަރު 165 މިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސިވިލް ކޯޓުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 5،142 ގަޒިއްޔާ ސިވިލް ކޯޓު އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަންގައި ރަޖިސްޓްރީ ކުރިއެވެ. އަދި ސިވިލް ކޯޓު އަދި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަންގައި މިދިޔަ އަހަރު ޖުމްލަ 5،432 ގަޒިއްޔާ ނިންމި ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

  • ސިވިލް ކޯޓަށް ބަލައިގަތް ދިވެހި ރުފިޔާ - 104،949،339.81
  • ސިވިލް ކޯޓަށް ބަލައިގަތް އެމެރިކާ ޑޮލަރު - 3،976،177.74

ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 190 މައްސަލައެއް ވަނީ ބަލައިނުގަތުމަށް ނިންމައިފައެވެ.

މީގެ އިތުރުން މިދިޔަ އަހަރު ނުނިމި ހުރި ޖުމްލަ 4،759 ގަޒިއްޔާގެ އެ ކޯޓުގައި އެބައޮތް ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.