ސްވިޑެންގެ ސްކޫލެއްގައި ބަޑިޖަހައި 10 މީހަކު މަރާލައިފިއެވެ.
ސްވިޑެންގެ ފުލުހުން ވަނީ އެ ގައުމުގެ މެދުތެރޭ ސަރަހައްދެއްގައި ހުންނަ ސްކޫލެއްގައި ބަޑިން ހަމަލާދީ 10 މީހަކު މަރާލާފައިވާއިރު އޭގެތެރޭގައި ބަޑިޖެހުމުގައި ހަރަކާތްތެރިވި މީހާވެސް ހިމެނޭ ކަމަށް ބުނެފައެވެ.
އިއްޔެ ހިނގި އެ ހާދިސާގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެފައިވާއިރު އަނިޔާވި މީހުންގެ ތެރެއިން ހަމީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.
ސްވިޑެންގެ އޮރެބްރޯ ސިޓީގައި ހުންނަ އެ ސްކޫލުގެ ކެމްޕަސްގައި ބަޑި ޖަހައި ދިން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިހާތަނަށް ބެލި ބެލުމުން މި ހަމަލާދިން މީހާއާ ގުޅޭ މާގިނަ މައުލޫމާތުތަކެއް ލިބިފައި ނުވާކަމަށާއި އޭނާއާ ގުޅުން ހުރި އެއްވެސް ގޭންގެއް ވެސް އަދި ފާހަގަ ވެފައި ނުވާކަމަށް ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
ހަމަލާދީފައިވާ ސްކޫލު ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވާއިރު ސްވިޑެންގެ އޮފިޝަލުން ވަނީ އެ ސަރަހައްދު ރައްކާތެރިނޫންކަމަށާއި އާންމުން އެ ސަރަހައްދަށް ނުވަނުމަށް އަންގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ