ލ. މާބައިދޫ ކައުންސިލް މެންބަރު ހަސަން ޒަރީރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާބައިދޫ ކައުންސިލް މެންބަރު އަމީނާ ޔޫސުފް "ވަން" އަށް ވިދާޅުވީ ޒަރީރު ނިޔާވީ މިއަދު ހަވީރު ކަމަށެވެ. އޭނާ ނިޔާވީ އަސުރު ނަމާދުން އައި ފަހުން ޖޯލިފަތީގައި އިންދައި މެޔަށް ތަދެއް އަރައިގެން ކަމަށެވެ.

"އަސުރު ނަމާދުކޮށްގެން އައިސް ޖޯލިފަތީގައި އިންދައި ބުނީ މެޔަށް ތަދެއް އެރި ވާހަކަ. ތަދެއް އަރައިގެން ވެއްޓުނީ. އެތަނުގައި ތިބި މީހުން އޭނާ ނަގައިގެން ވަގުތުން ހެލްތު ސެންޓަރަށް ގެންދިޔައީ. ގެންދިޔަ އިރު ނިޔާވެފައި ވަނީ،" އަމީނާ ވިދާޅުވިއެވެ.

ހަސަން ޒަރީރު ކައުންސިލް މެމްބަރުކަން ކުރައްވާތާ ތިން އަހަރާއި 8 މަސް ވަނީ ވެފައެވެ. އޭނާ ނިޔާވި އިރު އުމުރަކީ 58 އަހަރެވެ.