ސްޕޯޓްސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހުސައިން ޝަރީފާ ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ، އޭނާ އެ މަގާމުން ސަސްޕެންޑު ކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް "ވަން" އަށް މިއަދު ވިދާޅުވީ ހުސައިން ޝަރީފާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތަކެއް ބެލުމަށް، އިއްޔެއިން ފެށިގެން އޭނާ ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ނާސިހް ވިދާޅުވީ، ޝަރީފް ސަސްޕެންޑްކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ އެތެރޭގެ ބައެއް މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ނާސިހް ވިދާޅުވީ ޕީއެސްގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީއާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ.
ސްޕޯޓްސްގެ މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހުސައިން ޝަރީފު އައްޔަން ކުރީ މޭ 2018 ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު